މަޝްހޫރު މިއުޒިކް ބޭންޑް "ކުއީން"ގެ މަޝްހޫރު ލަވަ "ވީ އާ ދަ ޗެމްޕިއަންސް" މި ލަވައިގެ ހާއްސަ ޕާފޯމަންސްއެއް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދާ ހިދުމަތްތެރިންނަށް ހަދިޔާ ކޮށްފިއެވެ.

"ކުއީން"ގެ އަސްލު ބޭންޑްގައިވެސް މަސައްކަތްކުރި ބްރާޔަން މޭއާއި ރޮޖާ ޓޭލާއާއިއެކު ފްރަންޓް މޭންގެ ގޮތުގައި ލީޑް ސިނގާއެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުންދަނީ ޒުވާން ލަވަކިއުންތެރިޔާ އެޑަމް ލެމްބާޓްއެވެ.

މި އާ ވާޝަންއިން ލިބޭ ހުރިހާ ފައިދާއެއް ހަދިޔާ ކުރަން ހަމަޖެހިފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން އެކުލަވާލާފައިވާ ކޮވިޑް-19 ސޮލިޑާރިޓީ ރެސްޕޯންސް ފަންޑްއަށެވެ.

ކުރިން ތާވާލުކޮށްފައި އޮތް ގޮތުން ނަމަ ކުއީންއާއި ލެމްބާޓް މިހާރު މަސައްކަތް ކުރަމުންދާނީ "ރެޕްސަޑީ ޓުއާ"ގެ ވިލާތު ލެގްގައެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މި ފަންނުވެރިން ތިބީ ގޭބަންދުވެފައެވެ.

https://www.youtube.com/watch?v=7LcLqIHzNkY&feature=youtu.be

ކޮވިޑް-19ގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހިދުމަތްތެރިންނަށް ހާއްސަކޮށްގެން "ވީ އާ ދަ ޗެމްޕިއަންސް"ގެ އާ ވާޝަން ތައްޔާރުކޮށްފައިވަނީ ތަފާތު 3 ސިޓީއެއްގައި އެކަހެރިވެ ތިބެގެންނެވެ.

"ކުއީން"ގެ ފްރަންޓް ފްރެޑީ މާކިއުރީ ވަނީ އެއިޑްސް ބަލީގައި މި ދުނިޔެއާއި ވަކިވެފައެވެ.