މަރުވެފައި އޮއްވާ އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 79 އަހަރުގެ މީހާ ކޮވިޑަށް ކުރި ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަފްޒަލް ވިދާޅުވީ، މަރުވެފައި އޮއވާ އައިޖީއެމްއެޗަށް ގެންދެވިފައި ވަނީ 79 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ ސާމްޕަލް އީއާރް އިން ނެގި ކަމަށާއި ނަތީޖާ ނެގެޓިވްކަމަށް އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ދަނގެތިންވެސް ވަނީ 79 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިފައެވެ. އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ އާއިލާ މީހުންނަށެވެ. އަދި އެމީހާ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމަޕަލް ވަނީ ނަގާފައެވެ. ނަަމަވެސް އޭނާގެ ނަތީޖާއެއް އަދި ނުލިބެއެވެ.

ކޮވިޑް ރާއްޖޭގައި ހަލުވި ކަމާއެކު ފެތުިރެމުންދާއިރުނ އުމުރުން ދުވަސްވީ މީހުްނނަށް މިހާރު މި ބަލި ޖެހޭކަން ފާހަގަކުރެވެއެވެ. އެގޮތުން ދާދި ފަހުން މަނަދޫން މާލެއަށް ބޭސްފަރުވާއަށް އައި 80 އަހަރުގެ އަންހެންކުވެސް ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހަމައެއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން އެންމެ ފުރަތަމަ މަރުވި މިހާއަކީ ވެސް 83 އަހަރުގެ އަނހެނެކެވެ. އޭނާއަކީ ކޮވިޑަށް ޕޮޒިޓިވްވި ކޭސެއްގެ ޑައިރެކްްޓް ކޮންޓެކްޓެކެވެ. އަދި ބަލީގެ އަލާމަތް ހުރި ފަރާތެކެވެ. ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް އޭނާ ވަނީ މަރުވެފައެވެ. ނަތީޖާ ލިބުނު އިުރ އޭނާ ވަނީ ޕޮޒިޓިވް ވެފައެވެ.

މީގެ އިތުރުން 83 އަހަރުގެ އަންހެންމީހާގެ ފިރިމިހާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހާ އަށް މިހާރުފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިތަލުގެ 11 ވަނަ ފަންގިފިލާގައެވެ.

މިހާތަނަށް ރާއްޖެއިއް ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 481 އަށް އަރާފައެވެ.