އދ. ދަނގެތީގައި 79 އަހަރުގެ ފިރިހެނަކު މަރުވަފައި އޮއްވާ އާއިލާއަށް ފެނިފައިވާ ކަމަށް އެޗްޕީއޭގެ ފަރާތުން ޑރ، އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، އދ. ދަނގެތީގައި 79 އަހަރުގެ މިހަކު މަރުވެފައި އޮއްވާ އެމީހާގެ އާއިލާއަށް ފެނިފައިވާ ކަމަށާއި އަދި އެމީހާ ކޮވިޑަށް ޓެސްޓުކުރަން ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އޭނާގެ ކަށުކަމާކެމީގެ ކަންތައްތައްވެސް ކުރިއަށް ގެންދާ ކަމަށް އަފްޒަލް ވިދާޅުވިއެވެ.

އެމީހާގެ ސާމްޕަލް ނެގިފައިވީ ނަމަވެސް އަދި އެ ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށް އަފްޒަލް ފާހަގަކުރެއްވިއެވެ.

މާލެއިންވެސް މަރުވެފައި އޮތް 79 އަހަރުގެ ފިރިހެނަކު ފެނި އެމީހާ އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އަދި އެމީހާ ކޮވިޑަށް ޓެސްޓު ކުރެވި އޭނާގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.

ދާދި ފަހުން ގދ. ތިނަދޫގައިވެސް ދެމީހަކު މަރުވެފައި ވާއިރު އެ ދެމީހުންވެސް ވަނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވެފައެވެ. ނަމަވެސް މާލެއިން 83 އަހަރުގެ އަންހެންކު ކޮވިޑަށް ޓެސްޓު ކޮށް ނަތީޖާ ނުލިބެނީސް ވަނި މަރުވެފައެވެ. އޭނާ މަރުވި ފަހުން ނަތީޖާ ލިބުނު އިރު އެ ނަތީޖާ ވަނީ ޕޮޒޓިވްވެފައެވެ. މިއީ ރާއްޛޭގައި މިބަލި ޖެހުނު މީޙުންގެ ތެރއިން އެންމެ ފުރަތަމަ މަރުވި މީހާއެވެ.