ޕްރޮބަބްލް ކޭސް އެއްގެ ގޮތުގައި ގުނަމުންދާ ކޭސް 26 ޕޮޒިޓިވް ކޭސްގެ ތެރެއިން އުނިކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ޑަބްލިއުއެޗްއީއާ މަޝްވަރާ ކުރުމަށްފަހު ޕްރޮބަބްލް ކޭސްގެ ގޮތުގައި ބަލަމުން އަންނަ ކޭސް 26 މިހާރު ޕޮޒިޓިވް ކޭސގެ ތެރެއިން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދެން އަންނަ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެންމެ އަވަހަށް އަންނަ ކޭސް އަކަށް ކޭސް 26 ގެ ނަން ދެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކުރިން ޕޮޒިޓިވް ކަމަށް ބުނި ކޭސް 26 ގެ އިތުރުން އިތުރު ކޭސްއަކީވެސް ޕްރޮބަބްލް ކޭސްއެއް ބަލައި ޖުމްލަ ޕްރޮބަބްލް ކޭސެއްގެ ގޮތުގައި 2 ކޭސް އަންނަނީ ގުނަމުންނެވެ.، އޭގެތެރެއިން ޕޮޒިޓިވް ކޭސެއްގެ ގޮތުގައި ބެލި ކޭސް ނަންބަރު ދެވިފައި ވަނީ ކޭސް 26 އެވެ. ކޭސް 26 އަކީ ކޭސް 23 އާ ގުޅުން ހުރި ކޭސްއެއް ކަމަށް އޭރު އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިއަދު މިހާތަނަށް 4960 ސާމްޕަލެއް ނަގާފައި ވާއިރު ޕޮޒިޓިވް ވި ޖުމްލަ ވަނީ 108 އަށް އަރާފައެވެ. މީގެ ތެރެއިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ. އަދި ބަލި މީހުން (އެކްޓިވް) ގެ ގޮތުގައި މިހާރު 90 މީހުން އެބަތިއްބެއެވެ.