އުރީދޫ މޯލްޑިވްސްއިން ޑެއިލީ ޑޭޓާ ކޮންބޯގެ ނަމުގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޙާއްސަ އޮފާއެއް މިއަދު ތައާރަފް ކޮށްފިއެވެ.

އުރީދޫ އިން ބުނީ ޑެއިލީ ޑޭޓާ ނަގާ ފަރާތްތަކަށް 1 ޖީބީ ޑޭޓާ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް އެންމެ 35 ރުފިޔާއަށް އަށް ބައްލަވައިގަނެވޭނެ ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގެ ރަމަޟާން މަހާ ކުރިމަތިލާން ދިވެހިން ތައްޔާރުވަމުން ދަނީ އާއިލާއާ ރައްޓެހިންނާއި ދުރުގައި، ގައިދުރުކަން ދަމަހައްޓަމުންކަން ފާހަގަކޮށް އުރީދޫ އިން ބުނީ އާއިލީ ގުޅުން އަދި ރައްޓެހިންގެ ހާލު އަހުވާލު ބަލާ ހެދުމަށް މުވާސަލާތީ ޚިދުމަތްތަކަށް އިހުނަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމަށެވެ. އެހެން ކަމުން، އުރީދޫއިން މި ހާއްސަ އޮފާ ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އެ ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫ އިން ބުނެއެވެ.

ރައްކާތެރިކަމާއި އެކު ގޭގައި ތިބެގެން ޑެއިލީ ޑޭޓާ ކޮމްބޯ އަދި އެހެނިހެން އުރީދޫ ހިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ފަސޭހައިން އެކްޓިވޭޓް ކުރެވޭނެ ގޮތްތަށް ހަމަޖައްސާފައިވާ ކަމަށްވެސް އުރީދޫ އިން ބުންޏެވެ. ޑެއިލީ ޑޭޓާ ކޮމްބޯ އުރީދޫ އެޕް މެދުވެރިކޮށް އަދި "1#*929*" އަށް ގުޅައިގެންވެސް އެކްޓިވޭޓް ކުރެވޭނެއެވެ.

ދުނިޔެ ކުރިމަތިވަމުންދާ މި އުނދަގޫ ދުވަސްތަކުގައި ދިވެހި މުޖުތަމައު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ގުޅުވާދިނުމަށް އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް އުރީދޫ އިން ބުންޏެވެ. އެގޮތުން ޑެއިލީ ޑޭޓާ ކޮމްބޯ އޮފާ އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުޔެއް ލިބި، ގިނަ ބަޔަކަށް މެދުކެނޑުމެއް ނެތި އިންޓަނެޓްގެ ހިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.