އަވަށްޓެރި ޕާކިސްތާނުން ރެކޯޑް މިންވަރަކަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފިއެވެ.

24 ގަޑިއިރު ތެރޭގައި 796 މީހަކު ޕޮޒިޓިވްވި ކަމަށް ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތައް ދައްކާ ގޮތުން ޕާކިސްތާނުން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9216 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު 192 އަށް އަރާފައިވާކަމަށްވެސް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެގައުމުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ، ޕާކިސްތާނުގައި އިއުލާންކޮށްފައިވާ ޕާޝަލް ލޮކްޑައުން އަމުރުގެ މުހުލަތު، މިމަހުގެ ނިޔަލަށް އިތުރު ކުރައްވާފައެވެ.