ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ގައިންގަޔަށް ކޮވިޑް އަރަން ފަށާފައި ވާ ކަމަށް ލަފާ ކުރެއްވެނީ މީގެ ދެތިން ހަފްތާ ކުރިން ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ކޮވިޑް އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް މި މަހުގެ 15 ގައި މާލެއިން ފެނިފައިވާ އިރު ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައި އޮތް ކަމަށް ލަފާ ކުރެވެނީ މީގެ ދެތިން ހަފްތާ ކުރިން ކަމަށެވެ. ކޮވިޑަށް ރާއްޖެއިން ކުރިންވެސް ޕޮޒިޓިވް ކޭސަސްތައް އަންނަމުން ދިޔައިރު ކޮމިއުނިތީ ސްޕްރެޑެއް އައިސްދާނެ ކަމަށް އެކި ގޮތްގޮތަށް ބަލަމުން ގޮސްފައިވާ ކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ނިއުމޯނިއާ ފަދަ ކޭސްތަކުގައި ވެންޓިލޭޓަރު ބޭނުން ކުރަން ޖެހޭ ފަރާތްތައް ތިން ފަހަރުވެސް ޓެސްޓު ކުރެވިފައިވާ ކަމަށް ޑރ. ވިދާޅުވިއެވެ.
ހަމައެއާއެކު ފްލޫ ކްލިނިކް ތަކުގައިވެސް އިތުރަށް ކޮވިޑަށް ޓެސްޓު ކޮށްފައިވާނެ ކަމަށާއި އެގޮތުން ހެދި ޓެސްޓުތަކެއްގެ ތެރެއިން މިފަހަރު މާލެއިން ކޮމިއުނިޓީ ސްޕްރެޑް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މީގެކުރިން ވެސް އެކި ފަހަަރު މަތިން ފްލޫ ކްލިނިކްގައި ޓެސްޓު ގިނައިން ކޮށްފައިވާނެ ކަން ފާހަގަ ކުރައްވަމުން ނަޒްލާ ވިދާޅުވީ އޭރު މި ބަލި ފާހަގަވެފައި ނުވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް މިހާރު ވީހާވެސް ގިނަ ބަޔަކު ޓެސްޓް ކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ފުރަތަމަ ހެެދޭ ސްކްރީން ޓެސްޓުން ޕޮޒިޓިވް ވިޔަސް ކޮވިޑް ސްޕެސިފިކް ޓެސްޓް ނެގެޓިވް ވެދާނެ ކަމަށާއި އެ ފަދަ ކޭސްތަކުގެ ތެރެއިން ޕްރޮބަބްލް ކޭސް ގޮތުގައި ބައެއް ކޭސް ބަލާ ކަަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ސްކްރީނިން ޓެސްޓް ޕޮޒިޓިވް ވެފައިވާ މީހަކީ ޕޮޒިޓިވްވި ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތެއް ކަމުގައި ވާނަމަ ނުވަތަ ބަލީގެ އަލާމާތް އެމީހެއްގެ ކިބައިން ފެންނަ ކަމަށް ވާނަމަ އެ ކޭސް ފަހުން ހަދާ ޓެސްޓުން ނެގެޓިވް ވިޔަސް ބެލެވޭނީ ޕްރޮބަބްލް ކޭސްއެއް ގޮތުގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިވަގުތުގެ އަމާޒަކީ ވިހާވެސް ގިނަ މީހުން ޓެސްޓު ކުރުން ކަމަށާއި އެގޮތުން ގިނަ ބަޔަކު އަވަހަށް ޓެސްޓު ކުރެވިއްޖިއްޔާ އަލާމާތްތައް ފެނުމުގެ ދެދުވަސް ކުރިންވެސް ބަލި ދެނެގަނެވި އެމީހުން އެކަހެރި ކުރެވުމުން އެކަމުގެ ފައިދާތަކެއް އެބަހުރި ކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންވެއްޖެ ނަމަ ކޮންޓެކްޓް މަދުކުރެވި މި ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަކޮށްލެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ފަރާތުން ކޮންޓެކްޓް ޓްރޭސް ކުރުމުގައި އެކަމަށް އެއްބާރުލުން ދިނުމަށް ނަޒްލާ ވަނީ ގޮވާލައްވާފައެވެ.
މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވެސް ވަނީ ގޭގައި ތިބޭ އިރު، ވޭތުވެދިޔަ 14 ދުވަސްތެރޭގައި ދިޔަ ތަންތަނާއި ބައްދަލުވި މީހުން ނޯޓުކޮށްގެން ތިބުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ހަމައެއާއެކު ލޮކްޑައުންގެ ހާލަަތަށް ގެންދިއުމަކީ ބަލި ފެތުރުން ކުޑަކުރެވޭނެ ކަމެއް ކަމަށްވެސް މަބްރޫކް ވަނީ ފާހަގަ ކުރައްވާފައެވެ.
ނަޒުލާ.ކޮއްކޯ ނަން ރަނގަޅެއް ނޫން.އެކަން އެނގުނީމާަ ނަން ބަދަލު ކުރަން ފެނޭ. ނަޒުލާގެ މާނަ އަކީ އަރިދަފުސް ރޯގާ.ާއަރަބި ބަހުގެ މާނަ އެއީ.ނެޓުގަ ހުރޭ މިބަހުގެ މާނަ ނުބައި ކޮށްވެސް.ވ.ސަލާމް!