15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދަން ފަށައިފިއެވެ.

މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން ހޯދުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސި (އެޗްޕީއޭ) އިން އެދިފައި ވަނީ މިހާރު އޮންލައިކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން އެޗްޕީއޭން ވަނީ 15، 16 އަދި 17 ވަނަ ދުވަހު މާފަންނު އިހުސާން ފިހާރައަށް ދިޔަ މީހުން އެ އެޖެންސީއާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

މި 3 ދުވަހު މާފަންނު އިހުސާން ފިހާރައާސް ދިޔަ މީހުން އެޗްޕީއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފައި ވަނީ، ކޭސް 59 އަދި 60 އާ ކޭސްއާ ގުޅިގެންނެވެ. އެގޮތުުން މި ދެ ކޭސް އިހުސާނު ފިހާރައާ ގުޅިފައި ވާއިރު، މި ކޭސްތައް އިތުރުަށް ބެލިބެލިމުގައި އެނގިފައި ވަނީ މި ކޭސްތައް މަސައްކަތް ކޮށްފައިވަނީ ޑެލިވަރީގައި އަދި މާފަންްނު އިހުސާނު ފިހާރައިގައި ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

ކޮންޓެކްޓް ޓްރޭސިންގް ހަދަމުންދާއިރު މިހާރު ފާހަގަކުރެވޭ ބައެއް ކޭސްތަކަަކީ 15 ވަނަ ދުވަހު ލޮކްޑައުންއަށް ފަހު ދެ ދުވަސް ނުވަތަ ތިން ދުވަސް ކުރިން، އަލާމާތްތައް ފެނިގެން ޓެސްޓުކޮށް ޕޮޒިޓިވްވެފައި ތިބި ފަރާތްތައް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް ހެދުމުގައި މާލެ ލޮކްޑައުންނަށް ދިއުމަށް ފަހު އަލާމާތްތައް ފެނުނު ކޭސްތައް ހުރި ކަމަށާއި ހާއްސަކޮށް ދެތިން ދުވަސް ފަހުން އަލާމާތްތައް ފެނުނު ކޭސްތަކަށް ބަލާއިރު އެކޭސްތަކުގެ ކޮންޓެކްޓްތައް ވަރަށް ބޮޑުތަނުން މަދުވެފައި ހުރި ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

ގިނަ ކޮންޓެކްޓުތައް ފެނިފައި މިހުރީ ވަރަށް ބޮޑެތި ކޮމްޕެނީތަކާއެކުގައި މަސައްކަތް ކުރާ މީހުންގެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން މިހާރު އުންމީދު ކުރައްވަނީ ލޮކްޑައުން ކުރިއަށް ގެންދެވި މީހުން ބައްދަލުވާ އަދަދު މަދުކުރެވިއްޖިއްޔާ ޕޮޒިޓިވްވެފައި ތިބި މީހުންވެސް ޑައިގްނޯޒް ކުރެވެމުންދާއިރު އެމީހުންނާ ބައްދަލުވެފައި ތިބި މީހުންގެ ކޮންޓެކްޓްތައް މަދުވެގެން ދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.