ބ. ގޮއިދޫގައި މީހަކު ހައްދާ ދަނޑުތަކަކަށް ވަރަށް ބޮޑަށް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ގޮއިދޫގައި އަމިއްލަ މީހަކު ހައްދާ ދަނޑަކަށް ވަރަށް ބޮޑަށް ގެއްލުން ދިން މައްސަލައެއް މިއަދު ހެނދުނު 8:30 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ދަނޑުތަކުގައި ހައްދާފައި ހުރި ޗިޗަންޑާއާއި ތޮރާތައް ގަހުން ކަނޑައި ގަސްތަކަށް ވެސް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުންން އަންނައިރު، މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ދަނޑުތަކަށް ގެއްލުން ދީފައި މިވަނީ ކޮވިޑް-19 ގެ ބިރުވެރިކަން މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އަދި ރަމަޟާން މަސްވެސް ކުރިމަތިވެފައިވަނިކޮށެވެ.
މީމިއެއްވެސް ހާލެއްގާ ކުރަން ހެޔޮވާވަރުގެ ކަންތައް ތަ ކެއްނޫން އަދި އަމުދުން މި ކަހަލަ ވަގުތެއްގާ ތިޔަނުލަފާ އަމަލު ހިންގި ފަރާތެއް އަވަސް ގޮތަ ކައް ހޯދާ އެންމެ ހަރު ކަށި އަދަބު ދޭންޖެހޭނެ.
މިއީ ދަނޑުވެރިޔާއަށް އެކަނި ދިން ގެއްލުމެއް ނޫނެވެ މިފަދަ ހައްސާސީ ވަގުތުގައި މިއީ މުޅިރާއްޖޭގެ ރައްޔިތުންނަށް ދިން ބޮޑު ގެއްލުމެކެވެ