މާފުށީ ޖަލުގައި އިއްޔެ ހިނގަން އުޅުނު ހަަމަނުޖެހުން ނާކާމިޔާބުވީ އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިއްޔެ ހިނގި ހަމަނުޖެހުމަށް ފަހު މާފުށީ ޖަލަށް ވަޑައިގެން ފޮޓޯތަކަކާ އެކު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވި ވަގުތު އެއީ ޖަލު ހަލަބޮލި ކޮށްލަން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަކަށް ވެސް އަނިޔާ ނުވެ ކޮންޓްރޯލްވީ ޖަލު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށެވެ.

އިއްޔެގެ ހަމަނުޖެހުމުގައި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށްވެސް އެ ޓްވީޓްގައި އޭނާ ވިދާޅުވިއެވެ.

ކަރެކްޝަނުން ބުނީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ. އެ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށް، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.