ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާއިރު، މިހާލަތުގައި އިމްޖެންސީކޮށް މޯލްޑިވް ގޭހުން މިއަދު ހިދުމަތް ފޯރުކޮށްދެމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވް ގޭހުން ބުނީ، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާއިރު މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ ރޭގަނޑު 8:30 އާއި ހަމަޔަށް އިމަޖެންސީކޮށް ގޭހުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ހާލަތުގައި ގޭސްފުޅިތައް ޑެލިވަރީކޮށްދޭނީ ގޭގެ ދޮރާ ހަމައަށް ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ. މޯލްޑިވް ގޭހުން ގޭސް ޑެލިވަރީގެ ހިދުމަތް ދިންނަމަވެސް އެކުންފުނީގެ ކޯލް ސެންޓަރު ބަންދުވާނެ އެވެ. އެހެންކަމުން ގޭހަށް އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށާއި، އެސްއެމްއެސް މެދުވެރިކޮށް އޯޑަރު ކުރެވޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

https://web.facebook.com/maldivegaspvtltd/videos/645386122967465/

ވެބްސައިޓް މެދުވެރިކޮށް އޯޑަރު ކުރާނީ https://maldivegas.com/order މެދުވެރިކޮށެވެ. އަދި އެސްއެމްސްއެސް މެދުވެރިކޮށް އޯޑަރު ކުރާނަމަ ކަސްޓަމަރުގެ ކޯޑު ޖެހުމަށް ފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު އަދި އައިޓަމްގެ ކޯޑު ޖެހުމަށް ފަހު 7201616 އަށް އެސްއެމްއެސް ކުރުމުން ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.