ކުޅުދުއްފުށީގައި މާރާމާރީ ހިންގާ ބިދޭސީއެއް ވޮލެޓު ފޭރިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ރޭ 10:30 ހާއިރު ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް މަގުމަތިން ދަނިކޮށް ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގޮސް ބަންގްލަދޭޝް މީހާގެ ގައިގައި ދަނޑިބުރިއަކުން ޖަހާ މާރާމާރީ ހިންގުމަށްފަހު ވޮލެޓް ފޭރިގެންފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މާރާމާރީގެ ސަބަބުން އަނިޔާވި ފަރާތަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ވާތު ބުމަ މަތިން 1 އިންޗި ހުންނަ ވަރުގެ ތަނެއް ފަޅައިގެން ގޮސް، އަދި ކަނާތު އަތަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު ފަރާތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.