އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫސިޓީގެ އިތުރު ދެ ސަރަހައްދެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިވާ ކަމަށާއި މިހާރު އައްޑު ސިޓީގައި ޖުމްލަ ހަތަރު ސަރަހައްދެއްގައި ކެމެރާ ހަރުކޮށްފައިވާނެ ކަމަށެވެ.
މި ހަތަރު ސަރަހައްދުގައި ފުލުހުންގެ ޖުމްލަ އަށް ސީސީޓީވީ ކެމެރާ ހަރުކޮށްފައި ވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އައްޑޫއަކީ މާރާމާރީ ތަކާއި އެކްސިޑެންޓް ތަކުގެ އިތުރުން ވައްކަމާއި ފޭރުންފަދަ ކުއްތައް ގިނަ ހިސާބެއް ކަމުނ، މި ހިދުމަތުގެ ސަބަބުން އެފަދަ މައްސަލަ ތަކުގެ ހަގީގަތް ފުލުހުންނަށް ފަސޭހަވެގެންދާނެއެވެ.