ގިނަ ބައެއްގެ މެދުގައި މަގުބޫލް "ޕީސް ޓީވީ" މީޑިއާނެޓުން ނުފެންނަނީ ދިމާވި ޓެކްނިކަލް މައްސައެއްގެ ސަބަބުން ކަމަށް މީޑިއާނެޓުން ބުނެފިއެވެ.
"ދަ ޕްރެސް"އަށް މައުލޫމާތު ދެމުން މީޑިއާނެޓްގެ މާކެޓިން މެނޭޖާ ޝިއުނާ ހާމިދު ވިދާޅުވީ ރާއްޖެއަށް ނުފެންނަ ގޮތަށް އެ ޗެނަލް ކަނޑާލާފައި ނުވާނެ ކަމަަށާއި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ނުފެންނަނީ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރެވެމުންދަނީ އެކަންތައް ހައްލުކޮށް އަލުން އާންމުނަށް ފެންނާނެ ގޮތަށް ހެދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތަފާތު ދަރުސްތަކާއި، ޕްރަގްރާމްތައް ފޮނުވަމުންދާ "ޕީސް ޓީވީ" މީޑިއާ ނެޓުން ނެގުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބައެއް މީހުން ބުނެފައިވާ ގޮތުގައި "ޕީސް ޓީވީ" ނުލިބޭތީ މީޑިއާ ނެޓްގެ ކޯލް ސެންޓަރަށް ގުޅުމުން އެ ޗެނަލް ދެއްކުން ހުއްޓާލީ އާންމުންގެ އެދުމުގެ މަތިން ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށާއި މީޑިއާ ނެޓުން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމެއްގައި "ޕީސް ޓީވީ" ބަލަން ބޭނުން ނުވާ ކަމަށާ އަދި އެ ޗެނަލް މީޑިއާ ނެޓްގެ ޗެނަލްތަކުގެ ލިސްޓުން ނަގަން ގިނަ ބަޔަކު އެދިފައިވާ ކަމަށް ޖަވާބުދިން ފަރާތުން ބުނެފައިވާ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
"ޕީސްޓީވީ" ން ގެނެސްދޭ އެންމެ ހާއްސަ ޕްރަގްރާމްތަކުގެ ތެރޭގައި ޑރ. ޒާކިރު ނައިކު އިސްލާމްދީނުގެ މަތިވެރިކަން ބަޔާންކޮށްދެއްވާ އެތައް ހާސް ބަޔަކާއެކު ބާއްވަވާ ދަރުސްތައް ވަރަށް ފާހަގަކޮށްލެވެއެވެ.
ޕީސް ޓީވީ ނުލިބޭ ދުވަސް ތަކަށް ފައިސާ ނަގައިގެން ނުވާނެ. ޢެ ޗެނަލް ބެލުމަށާއެކު ފައިސާ ދައްކަނީ. ޙިދުމަތް ނުދެވޭ ދުވަސް ތަކަށް ބިލް ކުރުމަކީ ހަމަ ރިބާ ކެއުން ކަހަލަ ކަމެއް.
ޢެންމެ ޗެނަލެއް ތަ ނުފެންނަންވީ؟ޝައް ކު
މައްސަލަ ހައްލު ކުރެވޭހާ ދުވަސް ވެއްޖެ. އިސްލާމް ދީނާ ބެހޭ ވާހަކަ އަޑު އަހަން ބޭނުން ނުވާ މީހާ އަޑު ނޭހީމާ ނިމުނީ