ކޮވިޑް-19އާ ގުޅިގެން ފޫހި ފިލުމަށް ފެށި "ސްޓޭއެޓްހޯމް" ޗެލެންޖްގައި "ޓޮއިލެޓް ޕޭޕާ" ރޯލުގަ ފައިން ޖަގަލް އެ ކުރަނީ އެއީ ދިވެހި ރައްޔިތުންނަށް ހަދައިގެން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ވެބް ކޮންފެރެންސް މެދުވެރިކޮށް ކުރިއަށްދާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާ ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން ސަރުކާރުން ތައާރަފު ކުރި އިކޮނޮމިކް ޕެކޭޖް އުފެއްދުންތެރިކަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ފިނޭސް މިނިސްޓަރާއި "ސްޓޭއެޓްހޯމް ޗެލެންޖް" ގައި މި ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ "ޓޮއިލެޓް ޕޭޕާ" ރޯލުން މާނަ ނެގެނީ އެއީ ރައްޔިތުން ކަމަށެވެ.
ޝިޔާމް މިހެން ވިދާލުވެފައިވާއިރު، މިއަދުގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕޯސްޓަރުތަކާއި ބައެއް އެހެން ޝިޔާރުތައް ފެންނަ ޕޯސްޓަރުތަކެއް ޝިޔާމްގެ ބެކްގްރައުންޑުން ފެންނަން ހުންނާތީ ބެކްގްރައުންޑް ބްލާ ކުރުމަށް ފަހު ވާހަކަ ދެއްކެވުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމް އަށް އަންގަވާފައެވެ.
ކުއްލި މައްސަލައަށް ޝިޔާމް ބަހުސް ކުރައްވަން ފެށްޓުވުމާއެކު ވާހަކަ މެދުކަނޑާލުމަށް ފަހު، ރައީސް ނަޝީދު ވާހަކަ ދެއްކަވާ ވިދާޅުވީ ޝިޔާމްގެ ބެކްގްރައުންޑް ބްލާ ކުރަން ޖެހޭ ކަމަށް މަޖިލީހުގެ މެންބަރަކު ވާހަކަ ދައްކަވާއިރު އެއްވެސް ޝިއާރެއް ފެންނަ ގޮތަށް ނުތިބެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބަޔާން ކުރާ ކަމަށެވެ. އެހެންކަމުން ބެކްގްރައުންޑް ބްލާ ކުރުމަށް ކައުންސިލާ ޖެނެރަލް ލަފާ ދެއްވާފައިވާ ކަމަށާއި ބެކްގްރައުންޑް ބްލާ ކުރުމުން ބަހުސް ކުރިއަށް ގެންދަވަން ފުރުސަތު އަރުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެންގެވުމަށް ޝިޔާމް ވަނީ ބެކްގްރައުންޑް ބްލާ ކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ އެ ފާރުން ފެންނަން ހުރީ ދިވެހި ގައުމަށް އެންމެ ބޮޑު ހިދުމަތެއް ކުރެއްވި ރައީސްއަކު ބަންދުގައި ހުންނެވުމުން މިނިވަން ކުރަން ގޮވާލައި ޝިއާރަކާއި ބަލިމަޑުކަމުގެ ހާލަތުގައި އެންމެ ބޮޑު ހިދުމަތެއް ދެމުންދާ ސިއްހީ ހިދުމަތްތެރީންނަށް ޝުކުރު އަދާ ކުރާ ޝިއާރެއް ކަމަށެވެ. އެއީ ދިވެހި ގިނަ ރައްޔިތުންގެ ޝިއާރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިއަދުގެ މަޖިލީހުގައި "ޓޮއިލެޓް ޕޭޕާ" ޗެލެންޖްގެ ވާހަކަ ދައްކަވާފައި ވާއިރު، ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއި އަމިއްލަ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޭގައި ކަރަންޓީނުގައި ތިބޭއިރު ފޫހި ފިލުވުމުގެ ގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފެށިގެން އައި "ސްޓޭއެޓްހޯމްޗެލެންޖް" ރާއްޖެއާ ހިސާބައްވެސް ދަތުރުކޮށް އެކަމުގައި ޝިޔާމް ފާހަގަ ކުރެއްވި ފަދައިން ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ފެއްޓެވި އެ ޗެލެންޖްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައީސް ނަޝިދު ފާހަގަކޮށްލެވެއެވެ.
ބުނެލަން ބޭނުންވަނީ ތިބޭފުޅުން އެއްގަލަކަށް އަރާގެން މިގައުމަށް އަދި މުޅިދުނިޔެއަށް ދިމާވެގެން މިއުޅޭ ބަލިމަޑުކަމުން ސަލާމަތް ވުމަށްޓަކައި ސިޔާސީ ކޯޅުންގަނޑު އެއްފަރާތުގައި ބާއްވާށޭ. ހާދަދެރަކަމެކޭ ތީ. ސިޔާސީ ފިކުރު އެއްފަރާތުގަ ބާއްވާފަ އައު ހިއްވަރެއްލާ ގައުމާގެން ކުރިއަށް ދަމާހިގާ ށެވެ.????????????