ހަލުވި ކަމާއެކު ދުނިޔޭގައި ފެތެރެމުންދާ ކޮވިޑް-19ގެ ސަބަބުން އިޖުތިމާއީ ގައިދުރުކަމާއި އަމިއްލަ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޭގައި ކަރަންޓީނުގައި ތިބޭއިރު ފޫހި ފިލުވުމުގެ ގޮތުން ދަނީ ތަފާތު އެކި ގޮތްގޮތަށް އެންމެންވެސް ވަގުތު ހޭދަކުރަމުންނެވެ.
އެގޮތުން ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ފެށިގެން އައި "ސްޓޭއެޓްހޯމްޗެލެންޖް" މިވަނީ ރާއްޖެއާ ހިސާބައްވެސް ދަތުރުކޮށް އެކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައެވެ.
ކޮވިޑް-19ގެ ސަބަބުން ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދެމުންދާ މިފަދަ ވަގުތެއްގައި މުނިފޫހިފިލުވުމުގެ ގޮތުން އުފެދިގެން އައި ސްޓޭ ހޯމް ޗެލެންޖުގެ ނަމުގައި ޓޮއިލެޓް ޕޭޕާ ނުވަތަ ޓިޝޫ ރޯލް ބޭނުން ކޮށްގެން ޖަގްލް ކުރަނީއެވެ.
ބޭރުގެ މަޝްހޫރު ކުޅުންތެރިންގެ ފަރާތުން އައި މި ޗެލެންޖް ފުރަތަމަ އެކްސެޕްޓް (ގަބޫލު) ކުރައްވައިފައި ވަނީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފެވެ. އެއަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް މިހާރު ވަނީ އެ ޗެލެންޖުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވެނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ޗެލެންޖް އެކްސެޕް ކުރައްވައި ޓްވީޓް ކުރެއްވި ވީޑިއޯއެވެ.
އެ ވީޑިއޯގައި މާރިޔާ ދީދީގެ ފައިގައި "ޓޮއިލެޓް ޕޭޕާ ރޯލް" ލައްވާލާތަން ފެންނަނީ ދެ ފަހަރަކުއެވެ. އެއްފަހަރު އަތުގައި އޮންނަތަން ފެންނައިރު ވީޑިއީ ނިމޭއިރު ފެންނަނީ "ޓޮއިލެޓް ޕޭޕާ ރޯލް" އެއްލިގެން ދާތަނެވެ. އެ ޗެލެންޖްގައި އޮންނަނީ ފްޓުބޯ ޅަކުޅޭ އިރު ފައިގައި ބޯޅަ ގެންގުޅޭ ގޮތައް ވައްޓާ ނުލައި "ޓޮއިލެޓް ޕޭޕާ ރޯލް" ގެންގުޅޭށެވެ.
ނަމަވެސް ފްޓްބޯޅަ ކުޅެ ނޫޅުއްވާ ބޭފުޅަކަށް ބައްލަވާ މާރިޔާ ހަމަ މޮޅެވެ. ފާޑުގަނޑާއި ވައްޓަފާޅި އެ ވީޑިއޯއިން ފެނެއެވެ. ދެފަހަރަކު ޖަގްލް ކޮށްލައްވަނިކޮށް ފްޓުބޯޅައިގައި މޮޅު ފޯވާޑުންނަކަށް ދުލެއް ނުކުރާނެއެވެ.
އެންމެ ފުރަތަމަ މަހުލޫފް އެ ޗެލެންޖް ފުރިހަމަ ކުރައްވަމުން ޓްވިޓާގައި ކުރެއްވި ޕޯސްޓުގައި ވަނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހަންމަދު އަދި ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަނގަޑޭ) އަށްވެސް މި ޗެލެންޖް ފުރިހަމަ ކުރުމަށް ޗެލެންޖު ކުރައްވާފައެވެ.
ނައިބް ރައީސް ފައިސަލަށް އެ ޗެލެންޖް ކުރައްވައިފައި ވަނީ ޝާހިދެވެ. ނައިބް ރައީސްގެ އެ ޗެލެންޖް ފުރިހަމަ ކުރައްވަމުން ޓްވިޓާގައި ކުރެއްވި ޕޯސްޓުގައި ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ދުވުންތެރިޔާ ހަސަން ސާއިދަށް ޗެލެންޖު ކުރައްވާފައެވެ.
ނައިބް ރައީސް ކުރެއްވި ޗެލެންޖަށް މެންބަރު ވިސާމް ވަނީ އެ ޗެލެންޖު ފުރިހަމަ ކުރައްވާފައެެވެ. މާރިޔާ ދީދީއަށް ޗެލެންޖް ކުރައްވާފައި ވަނީ ވިސާމެވެ.
މީގެ އިތުރުން މިނިސްޓާ އަބްދުﷲ ޝާހިދާއި މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް އެ ޗެލެންޖް އެކްސެޕްޓް ކުރައްވާފައިވާ ވީޑިއޯވެސް ފާހަގަ ކޮށްލެވެއެވެ.
ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން އެތައް ގައުމެއްގެ ބަޔަކު ކަރަންޓީނުގައި ތިބި އިރު ތަފާތު ގޮތްގޮތަށް ގޭގައި ވަގުތު ހޭދަކޮށް އިޖުތިމާއީ ގައިދުރުކަމަށް ސިއްހީ މާހިރުން ކުރަމުން ދާ އިލްތިމާސް ތަކަށް އަންނަނީ އެއްބާރުލުން ދެމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިން ގުޅިގެން އެންމެން ގޭ ބަންދުވުމުން ފޫހި ފިލުވުމަށް އެކަކު ފޯނުން އަނެކަކު ފޯނަށް "ބްރެއިން ގޭމްސް" ތަކެއް ފޮނުވާ، ގޭމް ކުޅުންވެސް ހިމެނެއެވެ.
ބޮޑުވަރު????????????????
މީ މޮޔަ ވެގެން އުޅޭ ބައިގަނޑެއްތަ. ގޭގަ މަޑުން ތިބެގެން މި ބަލިމަޑު ކަމުން ސަލާމަތް ކުރައްވާތޯ ދުޢާ ކުރިއްޔާ ކީއްތަ ވާނީ