އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް ބޯނަސް ޑޭޓާ މުޅިން ހިލޭ ލިބޭ ހާއްސަ އޮފާ އެއް މިއަދު ތައާރަފްކޮށްފިއެވެ.

މި އޮފާ ތައާރަފްކޮށްފައި ވަނީ، ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މި އޮފާ ތައާރަފް ކުރެވިފައި ވަނީ މިދުވަސްވަރަކީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރާ ދުވަސްކޮޅަކަށް ވުމާއެކު، ކަސްޓަމަރުންނަށް ލުއި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ، މިއީ މަހުގެ ފަހުކޮޅު ކަމަށް ވެފައި، ޑޭޓާ އެލަވަންސްތައް ހުސްވެފައިވާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް މި ބޯނަސް ޑޭޓާ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. ހަމައެހެންމެ، އިތުރު 25 ޕަސެންޓް ބޯނަސް ޑޭޓާ، އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުވެސް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބިގެނެދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.އެވެ. އުރީދޫން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ އިތުރުން ޕްރިޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، މޮބައިލް ކަސްޓަމަރުންނާއި ފައިބާ އަދި ވަޔަލެސް ބްރޯޑްބޭންޑް ގެންގުޅޭ ފަރާތްތަކުގެ މާޗް މަހުގެ ބިލު އެހެން މަސް މަހެކޭ އެއްގޮތަށް ބިލު ދައްކަވަންޖެހޭ ތާރީހުގެ ކުރިން ނުދެއްކުނު ކަމުގައިވިޔަސް ހިދުމަތް މެދު ނުކެނޑި ބޭނުންކުރެވޭ ގޮތަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. މިގޮތުގެ މަތިން، ކުދި ވިޔަފާރިތަކަށް ވެސް ބިލް ދެއްކެވުމަށް މި ފަސޭހަ ލިބިގެން ދާނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހާލަތު ދެނެގަތުމާ، އިންޓަނެޓް މެދުވެރިކޮށް ޚިދުމަތްތައް ހޯދުމުށް މަގު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ އިން އަޅާފައިވާ ފިޔަވަޅުތައް:

  • ކޮވިޑް-19 ވެބްސައިޓް އަށް ހިލޭ ވަދެވޭނެ ގޮތަށް ހަމަޖެއްސުން
  • ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ޕްރީޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓް ޑޭޓާ ފޯރުކޮށްދިނުން
  • ލޯކަލް ނަންބަރުތަކަށް ކުރާ އެސްއެމްއެސްތައް މުޅިން ހިލޭ ކުރުން
  • މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ގޫގްލް ކްލާސްރޫމް ހިދުމަތް ދަރިވަރުންނަށް ފޯރުކޮށްދިނުމަށް 5ޖީބީ ޑޭޓާގެ އެލަވަންސެއް ހަމަޖެއްސުން
  • އިމަޖެންސީ ރެސްޕޮންސް ޓީމްތަކަށް އެހީތެރިވުމުގެ ގޮތުން އިމަޖެންސީ ސެންޓަރު ތަކަށާއި، ފްލޫ ކްލިނިކް ތަކަށް އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ހިލޭ އިންޓަނެޓް ފޯރު ކޮށްދިނުން
  • ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް ފޮނުވޭ މެސެޖް ތައް ފޮނުވުމާއި ރިންގްޓޯން ތަކުން މެސެޖް ދިނުމުގައި އެޗްޕީއޭ އާއި ރެޑްކްރެސެންޓް އަދި މޯލްޑިވްސް މީޑިއާ އެސޯސިއޭޝަން އާއި ގުޅިގެން މަސައްކަތް ކުރުން.

މިނިންމުން މިގޮތަށް ނިންމާފައިވަނީ މި ޕެންޑަމިކް އާއި ގުޅިގެން އެއްވެސް މެދުކެނޑުމަކާއި ނުލާ، ލުއިފަސޭހަކަމާއި އެކު، ފޯނާއި އިންޓަނެޓް މެދުވެރިކޮށް މުޖުތަމައުއަށް ފުރިހަމަ މައުލޫމާތު ލިބި، އެކަކު އަނެކަކުގެ ހާލުބަލާ ގުޅުން ބޭއްވުމުގެ ބުނެއެވެ.