ކޮވިޑް-19އާ ގުލީގެން ސަރުކާރު ބަނދުވެފައިވާ ކަމަވެސް އެމްޕްލޯއިމަންޓް އެޕްރޫވަލްއާއި ގުޅޭ ހިދުމަތް ލިބޭނެކަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ކުރެވިފައިވާ މުއްދަތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމުން ދެވޭ ހިދުމަތްތައް ލިބޭނެކަމަށެވެ. އެގޮތުން ސަރުކާރު ބަންދު ކުރައްވާފައިވާ މުއްދަތު އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރައްވާފައިވާތީ، އެ މިނިސްޓްރީން އެކްސްޕޯޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓްގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތާއި އެމްޕްލޯއީމެންޓް އެޕްރޫވަލްގް ހިދުމަތް ލިބޭނެ ކަމަށްއެ މިނިސްޓްރީން ބުނެއެވެ،

މި ހިދުމަތްތައް މިމަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 02 ގެ ނިޔަލަށް ހަފްތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކު، ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕޯޓް އޮންލައިން ސިސްޓަމް މެދުވެރިކޮށްއެޕްލިކޭ ޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާނެކަން އެމިނިސްޓްރީން ވަނީ ބުނެފައެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާކން އިއުލާން ކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުގެ ފަރާތުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު، ސަރުކާރުގެ ގިނަ މަސައްކަތް ތަކާއި ބައެއް ވިޔަފާރިވެރިންވަނީ އޮންލައިންކޮށް ބޭނުންކޮރެވޭނެ ގޮތައް ހަމަޖައްސާފައެވެ.

ކޮވިޑް-19ގެ ރާއޖޭގެ ހާލަތައްބަލާއިރު، މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން 8 މީހަކު ވަނީ އެ ބަލިން ރަނގަޅު ވެފައެވެ.