ބޭންކަށް ނުގޮސް ޓެކްސް ދެއްކޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފަސޭހަ ކުރުމަށްޓަކައި އެ ބޭންކަށް ޒިޔާރަށް ނުކޮށް ޓެކްސް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ތެރެއިން ޓެކްސް ދައްކަން ބޭނުންވާ ފަރާތްތަކުން ބޭންކަން އީމެއިލް އިން ޓެކްސް ޕޭމަންޓު ރިކުއެސްޓު ކުރުމުން އެކަން ބޭންކުން ކުރިއަށް ގެންދާނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ޓެކްސް ދައްކަން ޖެހޭ ފަރާތުގެ ސޮއި އާއެކު ފުރިހަމަ ކޮށްފައިވާ މީރާގެ ފޯމެއް ސްކޭން ކުރުމަށް ފަހު އީމެއިލް ކުރުމަށް އެދޭ ކަމަށެވެ. އަދި އީމެއިލް ކުރާނީ [email protected] އަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ ރަސްމީ ދުވަސްތަކުގެ ތެރެއިން ހެނދުނު 10:30 ގެ ކުރިން ލިބޭ ހުރިހާ މެއިލްތައް އެ ދުވަހުން ދުވަހަށް ޕްރޮސެސް ކުރަމުން ގެންދާނެ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ގުޅިގެން ބީއެމްއެލްއިން ދަނީ ކަސްޓަމަރުންނަށް ލުއިތަކެއް ހޯދަދިނުމަށް މަސައްކަތް ކުރަމުން ނެވެ.