މި ހަފްތާގައި ވެސް ބޭންކް ހުޅުވާނީ 2 ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19އާ ގުޅިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތު ދުވަހުގެ ނިޔަލަށް ސަރުކާރު ނިންމާފައިވުމާ ގުޅިގެން މި މުއްދަތުގައި ބޭންކް ހުޅުވާފައި ހުންނާނެ ދުވަސްތައް ބަޔާންކޮށްފައެވެ.

އެގޮތުން، އަންނަ ހަފްތާގައި ބޭންކް ހުޅުވާފައި ހުންނާނީ، ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހު ކަމަށް އެމްއެމްއޭން ބުނެއެވެ.

އެމްއެމްއޭ އިން ބުނީ އެ ދުވަސްތަކުގައި އެ އިދާރާއިން ފައިސާ ބަލައިގަނެ، ދޫކުރާނީ ހެނދުނު 9:30އިން ފެށިގެން 11:30އަށް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރަނީ ހެނދުނު 9:30 ހުން 11:00ށް ކަމަށް އެމްއެމްއޭއިން ބުންޏެވެ. މީގެއިތުރުން ސަރުކާރުގެ އޮންލައިން ޕްލެޓްފޯމް ޖެމްސް ބޭނުންކުރާ ފަރާތްތަކުން އެމްއެމްއޭއަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ [email protected] އިން ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ކޮވިޑް-19އާ ގުޅިގެން މި ހަފްތާވެސް ސަރުކާރު ބަންދުކޮށްފައިވާއިރު، މި މުއްދަތުގައި ވެސް ބޭންކް ހުޅުވާފައި ހުރީ ދެ ދުވަހެވެ.