ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް ރަނގަޅު ކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން، ރާއްޖޭގެ އިގަތިސޯދަށް ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށް ގޮވާލާ ކަމަށެވެ. ނަމަވެސް އެކަމުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް ކަންކަން ރަނގަޅު ކުރުމުގައި އިހްލާސްތެރި މަސައްކަތްތަކެއް ކުރަމުން ދާތަން ނުފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެން ދާނެ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެއެވެ.
2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަންވެސް ސަރުކާރުން ސާފު ކޮށްދީފައި ނުވާ ކަމަށާއި އެ ފައިސާ ދައުލަތުން ހޯދުމުގައި އަމަލުކުރާނީ ކިހިނެއްކަން ވެސް ހާމަކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ. އެހެންކަމުން އެކަންކަން ދިވެހި ރައްޔިތުންނަށް ސާފުކޮށްދެއްވައި އެކަމުގެ އަމަލީ ފިޔަވަޅުތައް އަވަސްކޮށް ރާއްޖޭގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަ ކުރެވޭނެ އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް އެ ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން އެހެން ބުނެފައިވާއިރު، ސަރުކާރުން ބުނެފައިވަނީ ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ލޯނަކީ ކޮވިޑް-19 ގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ވެފައިވާ ހީނަރުކަން ކުޑަ ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ. ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ އެ ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށްވެސް ސަރުވާރުން ވަނީ ބުނެފައެވެ.
ބޭފުޅާ މީކޮންވަގުތެއް ތިވައްތަރު ބޭކާރު ވަސްވާސް ނިކަމެތި ރައްޔިތުންގެ ހިތަށް ވައްދާން، ކަލޭ ޥަގަންނެގިހާ ޓިނުވިއްކާލީމާ، ތިކަން ހަމަޖެހިދާނެދޯ؟ރައްޔަތުންނޭ ފަޅޮލޭ ނުކިޔާ،ފާފަޅޮލެއްގައި މެޑެލް ޖަހަންދޭބަަލަ!