ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ދޭ ބައެއް ހިދުމަތްތަކުގެ ވަގުތު މާދަމާ ބަދަލު ވާނެއެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނިން މާދަމާ ދޭ ބައެއް ހިދުމަތްތަކުގެ ވަގުތަށް ވަނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކަމަށާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވިފައި ހުންނާނީ މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އެއްދުވަހުގެ ޓެސްޓެއް މާދަމާ ކުރިއަށް ގެންދާނެ ކަމަށާއި މިއީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް އެކުންފުނިން އަޅަމުންދާ ފިޔަވަޅުތެރޭގައި ހިމެނޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން އެކުންފުނީގެ ރިސެޕްޝަނުން ދެވޭ ހިދުމަތްތަށް އޮންލައިންކޮށް ދެމުންގެންދާނެ ކަމަށެވެ. ޕޭމަންޓް އަދި އިންވޮއިސްތަކަށް ފައިސާ ޖަމާކުރާނީ އެސްޓީއޯ ބީއެމްއެލް އެކައުންޓް ނަމްބަރު 7701100471014 އަށް ކަމަށާއި ޕޭމަންޓްގެ ތަފްސީލް އީމެއިލް [email protected] ކުރުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.