ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުގެ ވެރިރަށް ނިއު ދިއްލީވެސް ހިމެނޭ ގޮތަށް 75 ސަރަހައްދެއް ފުރިހަމަ ލޮކްޑައުން ހާލަތަށް ގެންގޮސްފިއެވެ.
މިމަހުގެ 31 ގެ ނިޔަލަށް ފުރިހަމަ ލޮކްޑައުންއަކަށް ގެންގޮސްފައިވާ ބޮޑެތި ސަރަހައްދުތަކުގެ ތެރޭގައި މުމްބާއި، ބެންގަލޫރު، ޕޫނާ، ހައިދަރުއާބާދު އަދި ކަލްކަޓާ ހިމެނެއެވެ. މި ސަރަހައްދުތަކަކީ މާލީ ފަންނީ ދާއިރާގައި ހިދުމަތްކުރާ އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދާ ސަރަހައްދުތަކަށްވާއިރު، މި މަހުގެ ނިޔަލަށް މި އެންމެންވެސް މަސައްކަތްކުރާނީ އެމީހެއްގެ ގޭގައި ހުރެގެން ކަމަށް މައުލޫމާތު ލިބެއެވެ.
މި ސަރަހައްދުތަށް ލޮކްޑައިން ހާލަތަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެންނެވެ.
އިންޑިއާގެ ޚަބަރުތައް އާންމު ކުރާ ރަސްމީ އިދާރާ ނުވަތަ އިންފޮމޭޝަން ބިއުރޯ އޮފް އިންޑިއާ ބުނާ ގޮތުގައި، ލޮކްޑައުންއަށް ގެންދާ ސަރަހައްދުތަކުގައި އަސާސީ ހިދުމަތްތައް ކުރިއެކޭވެސް އެއްގޮތަށް ދެމުންދާނެއެވެ.
އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް ނުވަތަ މުމްބާއީއިންވަނީ 4 މީހުންނަށް ގިނަ މީހުން ބައިވެރިވާ އެއްވުންތަކުގައި ބައިވެރިވާ މީހުންނަށް އަދަބު ދޭނެކަމަށްވެސް ބުނެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ރެކޯޑްތައް ދައްކާ ގޮތުގައި، އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 341 އަށް އަރައެވެ. މި ބަލީގައި އެ ގައުމުން 7 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.