މާލެ އާއި ހުޅުމާލެ ޑިސްއިންފެކްޓް ކުރަން ނިންމާފައި ވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބަރޫކް ވިދާޅުވީ، އެމްއެންޑީއެފާއި މާލެ ސިިޓީ ކައުންސިލް ގުޅިގެން މާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި އެޗްޑީސީން ހުޅުލެ ޑިސްއިންފެކްޓް ކުރުމަށް ތައްޔާރުވަމުން ދާ ކަމަށެވެ.
މި ޕްރިގްރާމް ފަށާގޮތަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 8 ޖަހާއިރު އިރުއެވެ.
މާލެއައި ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، މިމަހުގެ 14 ވަނަ ދުވަހު މާފަންނު މެދު ދާއިރާއިން އިސްނަގައިގެން އެ ދާއިރާގެ މަގުތައް ޑިސްއިންފެކްޓު ކުރަން ވަނީ ފަށައިފައެވެ.
ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ފަރާތްތަކުން އިސްނަގައިގެން ގިނަ މަސައްކަތް ތަކެއް ކުރެވެމުން ދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާންމުން އެއްވެ އުޅޭ ތަންތަނާއި މާލެ އާއި މާފުށީގެ ޖަލުތަށް ޑިސްއިންފެކްޓް ކުރުން ފާހަގަ ކުރެވެއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެތެރެއިން ތިން މީހަކު ރަނގަޅު ވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި ބަލިން ރަނގަޅުވެފައިވާ ތިން މީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވް ވި އިޓަލީގެ ދެމަފިރިންގެ އިތުރުން ކުރެއްދޫ އިން ޕޮޒިޓިވްވި މީހެކެވެ.