10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު 36 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރާ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިނގި އަތޮޅާތި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ޒުވާނަކު ހައްޔަރުކޮށްފައިވަޢިރު، މިދިޔަ ހުކުރު ދުވަހު 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި 20 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.