މާފަންނުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގެ ހަތް ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ބިންމައްޗަށް ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށާއި އެ މީހާ ވެއްޓިގެން އުޅޭ ކަމަށް މިއަދު އިރުއޮއްސި 6:19 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އޭނާއަށް ފަރުވާދިނުމަށް މިހާރު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިފަދަ ހާދިސާތަށް ހިނގިޔަ ނުދިނުމަށްޓަކައި އިމާރާތްކުރާ ފަރަތްތަކުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.