ރިސޯޓަކަށް އެރުން މަނާކޮށްފައި އޮއްވާ އަރައިގެން ހައްޔަރު ކޮށްފައިވާ މުވައްޒަފުގެ ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، ކޮވިޑްގެ ހާލަތުގައި ރިސޯޓަށް އެރުން މަނާކޮށްފައިވަނިކޮށްފައިވާއިރު، ހއ އަތޮޅު ރިސޯޓަކަށް އެރި މީހަކު ހައްޔަރުކޮށް އެ މީހާގެ ބަނދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ މީހާގެ ބަންދުގެ މުއްދަތް ޖަހާފައިވަނީ ހއ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުން ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް ވެސް މީހުން ނެރުމަށާއި މިހާރު ޗުއްޓީގައި ރަށްރަށުގައި ތިބި މުވައްޒަފުންނަށްވެސް އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތު ބަންދުވެފައިވާއިރު، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، ފްލައިޓުން ފުވައްމުލަކު ސިޓީއަށް ވަނީ ގޮސްފައެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ރިސޯޓުން ފިލައިގެން ދިޔަ ދެ މީހުންގެ ބަންދު މުއްދަތަށް 15 ދުވަސްވެސް ވަނީ ޖަހައިފައެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފަައި ވަނީ އުމުރުން 29 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އައްޑޫގެ މީދޫއާއި ދެމެދު ބްރިޖަކުން ގުޅާފައިވާ ހެރެތެރެ ރިސޯޓުން ދިވެއްސަކު ފަތާފައި މީދޫއަށް އެރި މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.
ފުލުހުން ބުނީ ދިވެހި ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.