ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

ފުލުހުން ބުނީ، ލ. ގަން ތުނޑި ބަނަދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗް 34 ގައި ރޯވެފައިވާ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4 ޖަހަނިކޮށް ކަމަށެވެ.

ފުލުހުން ބުނީ އެ މައުލޫމާތު އެމްއެންޑީއެފް އަށް ހިއްސާކޮށްފައިވާ ކަމަށާއި، އަދި ފުލުހުން ޕޮލިސް ލޯންޗު ކައިރިއަށް ދިޔައިރު ޕޮލިސް ލޯންޗުގެ ވާ އޮތީ ކާނޑާލާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި ކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފް އިން މި އަލިފާންގަނޑު ނިވާލާފައިވަނީ މިއަދު ފަތިހު 5 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ޕޮލިސް ލޯންޗުވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.