ޝެވެލް ބްލޮންކް ރަންދެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރަންދެލި ރިސޯޓޫގެ ވިލާ 47 ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރޭ 3:40 ހާއިރު ފުލުހުންނަނށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވިލާ 47 ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަަލަ ތަހުގީގު ކުރަމުންނެވެ.

ރަންދެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ދާދި ފަހުން އެ ރިސޯޓުން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ޓެސްޓުކޮށްފައެވެ. ޝައްކުވާ އަލާމްތަތައް ފެނިގެން އެ ރިސޯޓުން ފެނުނު ބިދޭސީ މީހާގެ ސާމްޕަލް ނަގާ، ޓެސްޓު ކުރިއިރު، އޭނާ ވަނީ ކޮވިޑް-19 އަށް ނެގެތިވްވެފައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް އެ ރިސޯޓަށް ވަގުތީ ގޮތުން އަރާ ފޭބުން މަނާކުރުމާސްފަހު، މިހާރު އެ ރިސޯޓު ވަނީ އަލުން އާންމު ހާލަތަށް ގެނެސްފައެވެ.