ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ޝެވަލް ބްލޮންކް ރަންދެލިން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތްތައް ހުރި ބިދޭސީ މީހާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އެމީހާގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ، އެ ރިސޯޓު މިހާރު މޮނިޓަރިންގެ ހާލަތުން ދޫކޮށްލާފައިވާ ކަމަށެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ބަހައްޓާފައި ހުރީ ހޯމް އައިސޮލޭޝަންގައެވެ.

ކޮރޯނާވައިރަހަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ވިލާގެ ޕެރަޑައިސް އައިލެންޑް ރިސޯޓުން ސާމްޕަލް ނެގި 10 މީހުންގެ ނަތީޖާ ވެސް ވަނީ ނެގެޓިވް ވެފައެވެ. އެހެންކަމުން އެ ރިސޯޓުވެސް މިހާރު ވަނީ މޮނީޓަރިން ހާލަތުން ނަގައި، އަލުން ހުޅުވާލާފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ވަނީ ރާއްޖެއިން ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހުން ރާއްޖެ އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 މީހަކާއި، ތުރުކީގެ މީހަކާއި، ސައުތް އެފްރިކާގެ މީހެއްގެ އިތުރުން ޖަރުމަނުގެ މީހަކާއި އިންގްލޭންޑް މީހެކެވެ. އެންމެ ފަހުން މި ބައްޔަށް ޓެސްޓު ކުރި 519 ސާމްޕަލެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.