އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސލަައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ހަވީރު 5:04 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ، ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެހެންކަމުން މިފަދަ މައްސަލަތައް ރިޕޯޓްކުރާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ.

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްކަޖަކަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، މިއަހަރު ޖެނުއަރީ އަދި ފެބްރުއަރީ މަހު، މިފަދަ ގިނަ މައްސަލަތަކެއް ވަނީ ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކޮށްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަޑުއުފުލާ، ގިނަ ބަޔަކު ވަނީ މިކަމަށް ހޭލުންތެރި ކޮށްފައެވެ.