3 މީހުންނާއެކު މަހަށް ނުކުތް ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް ހޯދަމުން ދާކަމަށް ބުނި ދޯނީގައި 5 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ ހޯދަމުން ދަނީ ފަރު މަސްވެރިކަން ކުރަން އުޅުނު "އަލްމަސް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.

އަދި ފަސް ދިވެހިންނާއެކު ދަތުރުކުރި އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭ ކަމުގެ ރިޕޯޓު، ލިބިފައިވަނީ މިއަދު 15:20 ހާއިރު ކަމަށެވެ. އަދި އެ ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހުގެ 09:50 ހާއިރު، ވ. އަތޮޅު ތެރޭގައި އޮތްވައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މި ދޯނީގެ ދިގު މިނުގައި 35 ފޫޓު ހުރި، ބޭރުގައި ފެހި ކުލައިގެ ދަވާދު ލާފައިވާ، ބޭރުގައި ރަތް ކުލައިގެ ރޮނގެއް ދަމާފައި އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ މި ދޯންޏާއި ބެހޭ މައުލޫމަތު ލިބޭތޯ ބަލައި ދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި ދޯންޏާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ގޯސްޓުގާޑުގެ ނަންބަރު 191 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.