އއ. މާޅޮހުގެ މަސްފެކްޓްރީގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު މާޅޮހު މަސްފެކްޓަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރި ކަމަށާއި މިހާރު އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމަތުން، މާޅޮހުގެ މަސް ފެކްޓަރީގައި އަލިފާން ރޯވީ ކިހިނެތް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން ކަމަަށް ފުލުހުން ބުނެއެވެ.

މާޅޮހުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލި އަލިފާން ނިންވާލިފަހުން އަނެއްކާ އެ ދަޑުގައި ރޯކޮށްލައިގެން ފުލުހުން ވަނީ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ވަނީ ފުވައްމުލަކުގެ ޗަކަ ބިމުގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައެވެ.