އއ ރަސްދޫން ތިން ފޫޓުގެ ކިނބުލެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކިނބޫ ފެނުމުން ރިޕޯޓުކޮށްފައި ވަނީ މިރޭ 7:00 ހާއިރު ކަމަށެވެ. އެ ކިނބޫ ފެނިފައިވަނީ އެރަށު ގޮނޑުދޮށުގައި އޮއްވާ އެރަށު އާންމުންގެ މީހަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ކިނބުލުގައި ގާތްގަނޑަކަށް 3 ފޫޓަށް ކައިރިވި ކަމަށެވެ. އެ ކިނބޫ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ރަސްދޫއިން ކިނބުލެއް ފެނިފައި ވާއިރު، މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ކ. އަތޮޅުގައި އޮންނަ ޖުމެއިރާ ރިސޯޓުގެ ގޮނޑުދޮށުން ހަތަރު ފޫޓުގެ ކިނބުލެއް ފެނިފައެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހު ހދ. ވައިކަރަދޫ އިން ވެސް ވަނީ ހަތަރު ފޫޓުގެ ކުޑަ ކިނބުލެއް އެރަށު ގޮނޑޮދޮށް ފެނިފައެވެ. ނަމަވެސް އެ ކިނބޫ ފެނުނުއިރުވެސް އޮތީ މަރުވެފައެވެ.