ގދ މާވާރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ދަތުރުތައް ފެށުން ފަސްކޮށްފިއެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީ ބުނީ މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން މާވަރުލު އެއަރޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރާނެކަމަށް ކުރިން ދެންނެވުނު ނަމަވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އޭރު ޓްރާސްޕޯޓު މިނިސްޓްރީ އިން ބުނީ ދަތުރުތައް ފަށާއިރު މަސައްކަތް ކުރާނީ ދުވާލަކު އެއް ފްލައިޓު ބޭއްވޭތޯ ކަމަށަ ކަމަށެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މާވާރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.