އަންނަ އޭޕްރީލް މަހު ފެށޭ މިއަހަރުގެ ރޯދަ މަހަށް ހާއްސަ ކޮށްގެން ކުރުވާހަކަ ލިޔުމުގެ މުބާރާތެއް 'ދަޕްރެސް' ނޫހުން ހުޅުވާލައިފިއެވެ.

ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިފައިވާ މި މުބާރާތުގައި ބޭނުން މައުޟޫއަކަށް ވާހަކަ ލިޔެވިދާނެއެވެ.

ވާހަކަ ލިޔާ ފަރާތްތަކުން ސަމާލުކަން ދޭން ޖެހޭ ކަންތައްތައް؛

  • ވާހަކައިގެ ދިގުމިން: އޭ ފޯ ސައިޒުގެ 2 ސޮފްހާއަށްވުރެ ދިގު ނުވުން. އަދި އޭ ފޯ ސައިޒުގެ 1 ސޮފްހާއަށް ވުރެ ކުރު ނުވުން.
  • ވާހަކަ ލިޔުމުގައި ބޭނުން ކުރާނެ ފޮންޓް އަދި ސައިޒް: ވާހަކަ ލިޔެފައި ހުންނަން ވާނީ ފަރުމާ ފޮންޓުގެ ސައިޒު 12 ގައި.
  • ލައިން ސްޕޭސް: ލިޔުން ހުންނަން ވާނީ ސިންގަލް ލައިން ސްޕޭސްގައި.

ލިޔާ ވާހަކަތައް ނިންމުމަށް ފަހު ލަސްވެގެން އޭޕްރީލް 15، 2020 ގެ ކުރިން 'ދަޕްރެސް' އަށް ފޮނުވަން ވާނެއެވެ. ލިޔާ ވާހަކަތަކުގެ ސޮފްޓް (މައިކްރޯސޮފްޓް ވޯޑު ފައިލް) ފޮނުވާނީ، 'ދަޕްރެސް' ގެ އީމެއިލް [email protected] އަށެވެ.

ރޯދަމަހަށް ހާއްސަކޮށްގެން ހުޅުވާލި މި މުބަރާތުން 1،2،3 ވަނަ ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމުގެ އިތުރުން 'ޓޯކަން އޮފް އެޕްރިސިއޭޝަން' އެއް ދެވޭނެއެވެ. އަދި 1،2،3 އަށް ހޮވޭ ފަރާތްތަކަށް ދާއިމީ ގޮތެއްގައި ވާހަކަ ލިޔުމުގެ ފުރުސަތު 'ދަޕްރެސް' އިން ފަހިކޮށްދޭނެއެވެ.

މީގެ އިތުރުން، މި ބުރާރާތަށް ފޮނުވާ ވާހަކަ ތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރީތި 30 ވާހަކަ 'ދަޕްރެސް' ގައި ޝާއިއު ކުރަމުން ގެންދާނެއެވެ.