ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން 200 ޓަނަށް ވުރެ ގިނަ ކަންނެެލި ނުކިރިގެން މަސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް 19ގެ ސަބަބުން ދުނިޔޭގެ އިގަތިސޯދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ހިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިފައިވާކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ބޮޑުކަންނެލި މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް އެކަށޭނެ ނަފާއެއް ހޯދުމަށް، ހާއްސަ ކޮށް މަސަކަތްކުރެވޭ ދުވަސްވަރެއް ނަމަވެސް ކޯވިޑު 19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑު ދައްވަމުން ދާކަމަށާއި ބޮޑުކަންނެލި މަސް ގަންނަ ފަރާތްތަކުން ކަންނެލިގަތުން ދައްކޮށްފައި ވާތީ މަސް ބޭރުކުރުމަށް ހުރަސްތަށް ކުރިމަތިވަމުން ދާކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.
އެތަށް ސަތޭކަ މަސްވެރި އާއިލާތަކެއްގެ އާމްދަނީ ވަނީ ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި މިވަގުތުވެސް 40 އަށް ވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށް ވުރެ ގިނަ ކަންނެލި ނުކިރި ބަނދަރުތަކުގައި އޮތްކަމަށް ބުނެ އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޮޑު ކަންނެލި މަސްވެރިކަމުން ނަފާލިބި ދިވެހިރާއްޖޭގައި ދިރިއުޅޭ 30 ހާހެއްހާ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރަތްތަށް ފުއްދައިގެން ތިބެވޭނެ މަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސްގަންނަ ފަރާތްތަކަށް ވެސް ވަނީ ގޮވާލާފައެވެ.
މަސް ކިރާފަ ލާރި ކޮޅު ހުވަދޫ މަސްވެރިންނަށް ނުލިބި ލޯނު ތަކާ ދަރަނި ތައް ނުދެއްކި ދުވަސް ގުނަން ޖެހިފައި މި ވަނީ. ސަރުކާރުން ސިވިލް ސަރވިސް އަށް ލަަރި ދިނަސް އަހަރުން ވީ ބަޑަށް ތިބެންތޯ