ގއ. އަތޮޅު ހޮސްޕިޓަލަށް މީހަކު ގެންދިޔައިރު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ފަތިހު 05:00 ހާއިރު ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު 05:09 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އަދި މި މައްސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.