އދ. ދަނގެތި އެސްޓީއޯ ބޭސްފިހާރައިން ގިނަ އަދަދެއްފައި ފައިސާ ވަގަށް ނަގައިފިއެވެ.

އދ. ދަނގެތީ އެސްޓީއޯ ބޭސްފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަނދެ ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލި ބެލުުން، އެ ފިހާރައިން 15،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަސް މިހާރު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަސް ފުލުހުން ބުނެއެވެ.

ދަނގެތި އެސްޓޯއޯ ބޭސްފިހާރައިން ވައްކަން ކޮށްފައިވާއިރު، މިދިޔަ އާދިއްތަ ދުވަހު އައްޑޫސިޓީގެ ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލާ ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ ވަގަށް ނަގާފައެވެ. އާދިއްތަ ދުވަހުގެ ފަތިހު 4:40 ހާއިރު ކޮށްފައިވާ މި ވައްކަމުގައި ވަގަށް ނަގާފައި ވަނީ، އެ އޮފީހުގެ ތިޖޫރީ ހަލާލުކޮށްލައިގެން އޭގައި ހުރި 34،000 ރުފިޔާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.