ތަކެތި އަގުބޮޑުކޮށް ވިއްކުމަކީ ވިޔަފާރިވެރިންގެ އަތްމަތީގައިވާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިހާރު ކަސްޓަމްސް ބިލްޑިންގްގައި ކޮވިޑް19 އާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ސެނެޓައިޒާ އާއި މާސްކް އަގުބޮޑުކޮށް ވިއްކަމުން ދާކަން މޮނިޓާ ކުރެވެމުންދާ ކަމަށާއި އާންމުންގެ ކަންބޮޑުވުންތައް ފާޅުކުރަމުން ދާ ކަން ސޯޝަލް މީޑިއާއިން ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެ ތަކެއްޗަކީ އަގު ކޮންޓްރޯލް ކުރެވިފައިވާ ތަކެތި ނޫން ކަމަށާއި އެގޮތަށް ތަކެތި ވިއްކުމަކީ މަނާ ކަމެއް ނޫނަ ކަމަށެވެ.
އަގު ކޮންޓްރޯލް ކޮށްފައި ވަނީ ކާޑުގެ ބާވަތްތަށް ކަމަށާއި އެކަމަށް މިވަގުތު "ޑިޝިޝަން" އެއް ނުނެންގެވާނެ ކަމަށެވެ. ބައެއް ވިޔަފާރިވެރިންގެ ފަރާތުން އެކަންތަށް ފެނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެއީ ހުރިހާ ވިޔަފާރި ތަކުން ކުރަމުންދާ ކަމެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭއަކީ ވިޔަފާރީގައި ވާދާވެރި ގައުމަކަށްވެފައި އެފަދަ ކަމެއް ވުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ އެއްޗެއްގެ އަގު ކޮންޓްރޯލް ކުރަން ޖެހިއްޖެ ނަމަ ކުރައްވާނެ ކަމަށާއި އެ ތަކެތި ވިއްކުންވެސް ކޮންޓްރޯލް ކުރައްވާނެ ކަމަށެވެ. އަދި އެހިސާބުން ފެށިގެން ސަރުކާރަށް ލިބިގެންވާ ބާރުގެ ބޭނުން ކުރާނެ ކަމަށާއި މުދާ ނަގާ ބަހަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު "އެއްގޮތަކަށްވެސް" އެހިސާބަށް ނުދާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އެހެން ވިދަޅުވެފައި ވާއިރު އެސްޓީއޯއިން ހޭންޑް ސެނެޓައިޒާ އާންމުންނަށް ވިއްކުން ވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މަޑުޖައްސާލައިފައެވެ. އެ ގޮތަށް ހަމަޖެއްސާފައި ވަނީ މިހާރު ރާއްޖޭގައި 4 މީހަކު ކޮވިޑް19 އަށް ޕޮސިޓިވް ވި ހަމަބަރާއެކު އާންމުންގެ ގިނަ ބަޔަކު ސެނެޓައިޒާ ގަންނަން އެސްޓީއޯއަށް ދާނެ ކަމަށް ފެންނާތީ ކަމަށާއި އާންމުންނަށް ހުޅުވާލައިފިނަމަ ހުސްވެދާނެތީ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ރާއްޖޭގައި މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.
ކަންކަން ވާނޭކިޔާ ކުރިމަތި ލުމަކީ ކުރާވަރު ކަމެއް ނޫނެވެ ރައްޔިތުންނަށް ވޭނާ ތުރާގެ މި ދަނޑިވަޅުގައި ވަޒީރަކަށް ހުރި މީހަކު އަރާ ނަހަމަ ކަންކަން ހުއްދަ ކުރުމަކީ ތަހުޒީބުވެ އިންތިޒާމް ކުރެވިފައިވާ މުޖްތަމައެއްގައި އަމުރުވެެރިކަން ބިނާކުރަން ޖެހޭ ގޮތެއް ނޫނެވެ މިފެންނަނީ ވާޖިބަށް ވަޒީރު ފިލަން މަސައްކަތްކުރާ ތަނެވެ އެހެން އެއްވެސް ކަމެއް ނޫނެވެ ތަކެތީގެ އަގު ކޮންޓްރޯލްކުރާ ބޯޑެއް ނެތުން އެއީ ވުޒާރަތުލް އިގްތިޞާދު ޒަމާނަށް ހޭލައި ނުގަނެ ކަންނެތް ކަމުގައި އޮތް ކަމުގެ ސާފު އަލިގަދަ ހެއްކެކެވެ
ދީނުގަ ކަނޑައަޅުއްވަފައިވާ ހަމަތަކާއި އުޞޫލުތައްވެސް ނުދަންނަ މީހުން ވަޒީރުކަމުގައި ތިބީމާ ގޮވަނީ މިކަހަލަކޮސް.
މިކަހަލަ ނާތަހުޒީބު ވާނުވާނޭގޭ މީހުން މިނިސްޓަރުން ނަށް ލީމަ ވާގޮތް އެމޭޒަން އިން ވެސް އޮންލައިން ކޮށް އަގު ބޮޑު ކުރީމަ އޭނަ ސަސްޕެންޑު ކުރީ
ތީ އިބޫސަރުކާރުގެ ހަލާކު އަވަހަށް އިސްތިއުގާދީ
އިންޑިޔާ އަކީ އަަހަރުމެނަށް ވުރެ މާކުރި އަރާފައިވާ އަދި މާ މުއްސަދި ޤަވްމެއް. އަދި ދުނިޔޭގަ އޮތް އެންބޮޑު، ތާކުން ތާކު ނުޖެހޭ ޑިމޮކްރަސީ. އެ ތަނުގަ މި ފަދަ ދުވަސް ވަރެއްގަ އަގު ކޮންޓްރޯލް ވެސް ކުރެވޭ އަދި ޤަވްމުން ބޭރަށް އެފަދަ މުދާ ނުވިއްކޭ ގޮތް ވެސް ހަދާ. އަހަރުމެންނަށް ކުރެވޭ ކަމެއް ނެތް.