ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބީއެމްއެލް އިން ރަހުނަކާ ނުލައި ދޫކުރުމަށް ހަމަޖެހިފައިވާ "ވާކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ" ތައާރަފްކޮށްފިއެވެ.

މި ފެސިލިޓި ތައާރަފް ކުރުމުން ވިޔަފާރިތަކަށް އެއްވެސް ރަހުނަކާ ނުލައި ލޯންތައް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމަށް، 3 މިލިއަން ރުފިޔާ އާ ހަމަޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ.

ވާކިންގް ކެޕިޓަލް ފައިނޭންސިންގް މެދުވެރިކޮށް ފާއިތުވެދިޔަ 03 އަހަރު ހޯދާފައިވާ އެވަރޭޖް ސޭލްސްގެ 20 ޕަސެންޓާ ހަމަޔަށް ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެއެވެ. މި ގޮތުން ގިނަވެގެން 3 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާއިރު، އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ. މި ފެސިލިޓީ ދަށުން ޑިމާންޑް ލޯނާއި، އޯވަރޑްރާފްޓްސް، ބޭންްކް ގެރެންޓީ، ލެޓަރ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެއެވެ.

މިއަދު ތައާރަފް ކުރެވުނު ޕްރޮޑަކްޓް ގެ އިތުރުން ބިޒްނަސް ޑިވަލޮޕްމަންޓް ލޯން، ގެސްޓްހައުސް ލޯން، ރިއަލް އެސްޓޭޓް ލޯން އަދި ރީޓެއިލާސް ލޯން ގެ އިންޓްރެސްޓް / ޕްރޮފިޓް ރޭޓް ވަނީ ދަށްކުރެވިފައެވެ. ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ވަނީ ގެނެވިފައެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިއަދު އާރަފްކުރެވުނު މި ފެސިލިޓީ އަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރުތަމަ ފައިނޭންސިންގް ފެސިލިޓީ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބީއެމްއެލްއިން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ތައާރަފްކުރެވުނު ފެސިލިޓީއެއްކަމަށާއި، މިއާއެކު ވިޔަފާރިތަކަށް ބޭނުންވާ އަދި ފުރިހަމަ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއެއްވަނީ ގާއިމްކުރެވިފަ ކަމަށެވެ.

މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ޓިމް ވަނީ ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ ދަށްކުރެވިފައިވާކަންވެސް އިއުލާން ކޮށްފައެވެ. މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ފައިނޭންސިންގެ އިކުއިޓީ 20 ޕަސެންޓަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ކުރިން އިކުއިޓީ އަކީ 30 ޕަސެންޓެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭނުންކުން ބުނެއެވެ.