އައްޑުސިޓީގެ ހިތަދޫގައި ހުންނަ ކޮކާކޯލާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ހިތަދޫގައި ހުންނަ ކޮކާކޯލާ ކުންފުނީގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 4:40 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ ވައްކަމުގައި ވަގަށް ގެންގޮސްފައިވަނީ ތިޖޫރި ހަލާލުކޮށްލައިގެން އޭގައި 34،000 ރުފިޔާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށައި ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ވަނީ ރ. އުނގޫފާރު މިސްކިތެއްގެ ހައިރާތު ފޮށި ފަޅާލައިފައެވެ.