އެމްޑީޕީން ދެން ކެމްޕޭން ހަރަކާތްތައް ހިންގާނީ އޮންލައިންކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހަސްނަ ލަތީފް ވިދާޅުވީ ވިދާޅުވީ ވައިރަހާ ގުޅިގެން އެ ޕާޓީގެ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލަން ޕާޓީއިން ނިންމާފައިވާ ކަމަށާއި ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފާއި ވަނީ އޮންލައިކޮށްކަމަށެވެ.

މިހާރު ކުރާގޮތަށް މިކުރާ ކެމްޕޭންތަށް ހުއްޓާލަން ވަނީ ނިންމާފަ. އެއީ އެހެން ގޮތަކަށް ކުރުމަށް. އެހެން ގޮތަކަށޭ ވި ވިދާޅުވީ. ވަރަަށް ބޮޑަށް އޮންލައިންކޮށް ކުރިއަށް ގެންދަން. ސޯޝަލް މީޑިއާގެ އެކި އެކި ވަސީލަތްތަށް ބޭނުންކޮށްގެން.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު

މާދަމާ އެމްޑީޕީ އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުވައްމުލަކު ސިޓީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލްކޮށްފައި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް މަޑުޖައްސާލާފައިވާއިރު އެހެން ސިޔާސީ ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތައްވެސް ދަނީ މަޑުޖައްސާލަމުންނެވެ. އެގޮތުން ޕީޕީއެމް އަދި ޕީއެންސީއިން ކެމްޕޭނަށް އަތޮޅުތެރެއަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ. އަދި އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން އަލިމަސް ކާނިވާ ސަރަހައްދުގައި "ދީނާ ގައުމުގެ ދިފާއުގައި"ގެ ނަމުގައި ބާއްވަން އުޅުނު ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ދެ ޑޮކްޓަރުންނާއި ފްރާންސްގެ ދެ ޓޫރިސްްޓަކާއި އިޓަލީގެ ދެ ޓޫރިސްޓެއް އަދި ދިވެހި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ވަނީ ކަރަންޓީނުކޮށްފައެވެ. ޝައްކުވި ޓޫރިސްޓުން ޗުއްޓީ ހޭދަކުރަމުން އައި، ސަމާ އައިލެންޑް ރިސޯޓާއި ކުރެއްދޫ ރިސޯޓަށް މިވަގުތު އަރައިފޭބުން ވަނީ މަނާކޮށްފައެވެ.