އިންޑިއާގެ އެހީގައި އައްޑު އަތޮޅުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބެލުމަށް އިންޑިއާގެ ވަފުދެއް އެ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އިންޑިއާގެ ހައިކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ވަފުދު ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ އެހީގެ ގޮތުގައި 18 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޕޮލިސް އެކަޑަމީގެ މަސައްކަތްތަައް ދާގޮތް ބެލުމަށް ކަމަށެވެ.

މީގެ އިތުރަށް އިންޑިއާގެ އެހީގައި އައްޑޫގައި ހަދާ ގޭދޮށު މަސްފެކްޓްރީ އާއި މަގު ހެދުމާއި ބިން ހިއްކުމާއި މަސްވެރިކަމާއި އިކޯ-ޓޫރިޒަމްގެ މަޝްރޫއުތަކާ ބެހޭ ގޮތުން އިންޑިއާއިން ބޭނުންވާ މައުލޫމާތު ހޯދައި އައްޑޫ ސިޓީ ކައުންސިލާއެލު މަޝްވަރާތައް ބާއްވާފައި ވެއެވެ.

އިންޑިއާގެ އެ ވަފުދު ދަތުރު ފެށީ މިދިއަ ބުރާސްފަތި ދުވަހެވެ. ޕޮލިސް އެކަޑަމީގެ މަސައްކަތްތަައް ފެށީ 2017 ވަނަ އަހަރެއެވެ. ހުޅުވަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ކުރިން ވަނީ ބުނެފައެވެ.