ކާރަކާއި ބައިސިކަލެއް ޖެހި ހިނގި އެކްސިޑެއްގައި ފާރެއް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައިނުވި ނަމަވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާތީ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ އައްޑު އަތޮޅު ފޭދޫގައެވެ. އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ބައިސިކަލެއްގައި ޖެހިގެނެވެ.
މިއަދު ހެނދުނު ހިނގި އެ އެކްސިޑެންޓްގައި ފާރު ވެއްޓެން މެދުވެރިވީ ބައިިސިކަލްގައި ކާރު ޖެހުނު ވަގުތު ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރުގައި ޖެހިގެންނެވެ. ކާރު ދުއްވަން އިނީ ފިރިހެނެއް ކަމަށާއި ބައިސިކަލް ދުއްވަން އިނީ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.