އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެއްޖެއެެވެ.

އެމްއެންޑީއެފުން ބުނީ އެ ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަލިފާންގަނޑު 200 ފޫޓަށް ފެތުރިފައިވާ ކަމަށާއި، އަލިފާން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 12:37 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އައްޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، ގދ ތިނަދޫގައި ވަލުތެރޭގައި އަލިފާން ރޯވެ ހާދިސާއެއް ހިނގާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހެވެ.