އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ކަމުގެ މަގާމަށް 526 ވޯޓާއެކު ފަރީހާ ޝަރީފް ހޮވައިފިއެވެ.

އެ މަގާމަށް ފަރީހާ ހޮވީ ކުރުނބާ މޯލްޑިވްސަގައި މިރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާ ގައެވެ.

އެ މަގާމަށް ހަތަރު މީހުން ކުރިމަތި ލިއެވެ. ފަރީހާ ޝަރީފާ އެންމެ ގާތުން 484 ވޯޓާ އެކު ވާދަ ކުރީ އިބްރާހިމް ފިރުޝާނެވެ.

އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އެންމެފަހުން އާންމު ހިއްސާދާރުން ތަމްސީލު ކުރި ޑިރެކްޓަރަކީ ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރެވެ.

މިރޭ ބޭއްވި އޭޖީއެމްގައި ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޑްގެ މިންވަރުވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހިއްސާއަކަށް 3 ރުފިޔަ 30 ލާރި ދިނުމަށް ވަނީ ފާސްކޮށްފައެވެ.