އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެެއްގައި ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ (ކ،އއ،އދ،ވ) ހިމެނޭ ރަށެއްގެ ކުއްޖަަށް ދޮން ބައްޕަ ޖިންސީ ގޯނާ ކުރާކަމުގެ މައްސަލައެެއް މިއަދު ފުލުހުންނަށް ހުށަހަޅަފައިވާ ކަމަށެވެ.

އަދި މައްސަލައާއި ގުޅިގެން މިއަދު 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ކޮށްފައިވައިރު، މިދިޔަ މަހު ވަނީ އުމުރުން 15 އަހަރުގެ ކުއްޖަކަށް ރޭޕް ކުރި މައްސަލައެއްވަނީ ފެންމަތިވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބޮޑު ތަހުގީގު ޓީމެއް ވަނީ އެރަށަށް ގޮސްފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނަ ކުރުމާއި ކުޑަކުދިން ރޭޕް ކުރުމުގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު މިވަނީ އިތުރުވެގެން ގޮސްފައެވެ.