ބިގްމޭން ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ބިގްމޭން ކެފޭފގައި އަލިފާން ރޯވުމުގެ ސަބަބުން އެމްއެންޑީއެފުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ބިގްމޭން ކެފޭގެ ބަދިގޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ބިގްމޭން ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ ލައިގެން ހުރި ޓީޝާޓް / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ ފިހިފައިވާއިރު، ފަރުވާ ހޯދުމަށް އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާގައި ކެފޭގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.