ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަ ކުރުމުގެ ފުރުސަތު އޫރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގެ ފޯނު ގަތުމަށް ފަސޭހަކޮށްދިނުމަށް ހާއްސަ ޕްލޭންތަކެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކޭނެ ކަމަށާއި، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓާލްމަންޓް ޕެކޭޖްތަކެއް ވެސް ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.

އުރީދުން ހުށަހަލާ ޕެކޭޖްތަކުގެ ތެރޭގައި ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމް.ބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ޕްރީ އޯޑާ ކޮށްގެން ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ސެމްސަންގް ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގަތުމަށް ހާއްސަކޯށްފައި ޕްލޭންތައް:

ފުލް ޕޭމަންޓް ޕްލޭން:

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވިގެންދާނެ. މި ޕެކޭޖްގެ ދަށުން، މަހަކު 2020 އެމް.ބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެ

  • ސެމްސަންގް ގެލެކްސީ އެސް 20 (128 ޖީބީ) : 15،499 ރުފިޔާ
  • ސެމްސަންގް ގެލެކްސީ އެސް 20+ (128 ޖީބީ) : 17،199 ރުފިޔާ

މަންތްލީ އިންސްޓޯލްމަންޓް ޕްލޭން:

ކޮންމެ މަހަކު އެންމެ 1,058.33 ރުފިޔާ، އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކަވައިގެން ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަތުމުގެ ފުރުސަތު މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ލިބިގެންދާނެ. މި ޕްލޭންގެ ދަށުންވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ.

އުރީދޫއަކީ ކަސްޓަމަރުންނަށް އާ ޑިވައިސްތައް ފޯރުކޮށްދިނުމުގެ ނަމޫނާ ކުންފުންޏެއް / ފޮޓޯ: އުރީދޫ

އުރީދުން ބުނީ އުރީދޫ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއި އެކު ސެމްސަންގް ގެލެކްސީ ގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑާ ކުރެއްވޭނެ ކަމަށެވެ. މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ 20 ސީރީޒްގެ ފޯނަކަށް ޕްރީ އޯޑާ ކުރެއްވުމަށް http://ore.do/app މި ލިންކް ބޭނުން ކުރެވިދާނެއެވެ.

ސެމްސަންގ އެސް 20 ސީރީޒް އަށް އުރީދޫއިން ލިބޭ އޮފާތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް http://www.ooredoo.mv/galaxy-s20/ އަށް ޒިޔާރަތްކޮށްލުމުން މައުލޫމާތު ލިބިގެންދާނެއެވެ.